Sunday, August 11, 2019

ކެއުމުގެ އަދަބުތައް


ވީޑިއޯ ބެއްލެވުމަށް ލިންކަށް ފިއްތަވާލައްވާ!

ދަތްއުގުޅުން


ދަތްއުގުޅުމުގެ ފިލާވަޅު ދަރިވަރުންނަށް ދަސްވިތޯ ބެލުމުގެ ގޮތުން ދެވިދާނެ މަސައްކަތެއް


   ދަތްއުނގުޅުން ( ޠަހާރަތާއި ޢިބާދާތު)
ގްރޭޑް 1
1-     ދަތް އުނގުޅުމުން ލިބޭ 2 ފައިދާއެއް ލިޔޭ!
...............................................................................................
2-     ޤަވައިދުން ދަތްޕިލާ ސާފުނުކުރުމުން ލިބޭނޭ 2 ގެއްލުމެއް ލިޔޭ!
...............................................................................................
3-     ދަތްއުނގުޅުމަށް ބޭނުންކުރާ 2 އެއްޗެއް ކުރަހާ ނަަންލިޔޭ!




ވަރި


ފިލާވަޅުގައި ނަގައިދެވުނު (ވަރީގެ ބައިތައް) ދަރިވަރުންނަށް އެނގިފައިވާ މިންވަރު ބެލުމުގެ ގޮތުން ދަރިވަރުން ލައްވާ ކުރެވިދާނެ މަސައްކަތްތަކެއް
ވަރި އާއި ގުޅޭ
ގްރޭޑް 9
ތިރީގައިމިވާ ސުވާލުތަކަށް ޖަވާބުދޭށެވެ!
1-      އަޙްމަދު އޭނާގެ އަންހެނުން ޙަލީމާފުޅުދެކެ އައި ރުޅީގައި ، އެއްފަހަރުން ތިންފަށް ވަރިއަކުން ވަރިކޮށްފިއެވެ. އަދި ޖެހިގެން އައިދުވަހު ދަލޭކާއާ ކައިވެނިކޮށްފިއެވެ. އަދި އޭގެފަހުން ދަލޭކާއަށް 2 ކުދިން )އީނާ 3 އަހަރު، ޞަފްވާން 10 އަހަރު( ލިބުމަށްފަހު 3 ވަނަ ކުއްޖަކަށް ބަލިވެއިންދާ، އޭނާގެ ބަ ނޑުގައިވާ ދަރިއަކީ ތިމަންނަގެ ދަރިއެއް ނޫނޭ ބުނެ، ދަރިފުޅު ނަފީކުރިއެވެ. ނަމަވެސް ދަލޭކާ ބުނަމުން ދިޔައީ އޭނާގެ ބަ ނޑުގައިވާ ދަރިއަކީ އަޙްމަދުގެ ދަރިއެއް ކަމަށެވެ.
މި ޙާދިޘާ ކިޔުމަށް ފަހު އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!
ހ- އަޙްމަދު އިނދެގެން އުޅުނު ޙަލީމާފުޅު ކޮށްފައިވާ ވަރީގެ ޙުކުމް ބުނެދިނުމަށް ފަހު، ވަރިކުރެވޭ ގޮތަށް ބަލާއިރު އެއީ ކޮން ބާވަތެއްގެ ވަރިއެއްކަންވެސް ބުނެދޭށެވެ!
ށ- އަޙްމަދަށް، ޙަލީމާފުޅާ އަލުން ކައިވެނިކުރުން ހުއްދަވާނެ ގޮތަކީ ކޮބައިހެއްޔެވެ؟
2-      ޒުލްފާ އާއި ފަހީމުގެ އަލަތު ކައިވެނި ކުރިތާ 3 ވަނައަށްވީ ދުވަހު، ފަހީމުގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން، ބައްޕަ ގޮވައިގެން ރަށުން ފުރައިގެން ދާންޖެހުނީ މާލެއަށެވެ. ކަން ދިމާކުރި ގޮތުން ފަހީމަށް ރަށަށް އާދެވުނީ އޭގެ 8 މަސް ފަހުންނެވެ. އޭރު ޒުލްފާ ވަނީ، ފަހީމު ރަށަށް އައުމުގެ އެއް ދުވަސް ކުރިން ފިރިހެން ކުއްޖަކު ވިހާފައެވެ. ނަމަވެސް ޒުލްފާ ވިހާފައިވާ ދަރިއަކީ ފަހީމުގެ ދަރިއެއް ނޫންކަމަށް އޭނާ ބުންޏެވެ. އެކަމަކު ޒުލްފާ، ތަކުރާރުކޮށް ބުނަމުން އައީ، އެއީ ފަހީމުގެ ޙަލާލު ދަރިއެއްކަމަށެވެ. އެކަމާ ފަހީމު އައި ރުޅިން ޒުލްފާ ވަރިކޮށް، އެ ދެމައިން ގެއިން ފޮނުވާލިއެވެ.
އިސްވެދިޔަ ހާދިސާ ކިއުމަށްފަހު އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
ހ- ފަހީމު މި ކުރި ވަރީގެ ޙުކުމް ސަބަބާއެކު ބަޔާންކުރާށެވެ!
ށ- ފަހީމު މި ކުރި ވަރީގެ ސަބަބުން ލާޒިމުވާ ކަންތައްތަކުގެ ތެރެއިން 2 ކަމެއް ލިޔާށެވެ!
3-      ދޮންމަރިޔަނބާއި ކެޔޮޅުޢަލީ އާ ދެމީހުން ޒަވާޖީގޮތުން ގުޅިގެން އުޅޭތާ 8 އަހަރު ފާއިތުވީ އިރުވެސް މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ . ނަމަވެސް ޢަލީގެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބުނި ހިސާބުން ކައިވެނީގައި މައްސަލަތައް ޖެހެން ފެށިއެވެ. މައްސަލަ ބޮޑުވަމުންގޮސް ދަރިއަކު ލިބުނުތާ 3 މަސްވީތަނާ ދޮންމަރިޔަބު ވަރިވާން ބޭނުންވުމުން ދޮންމަރިޔަބު އަތުގައިއޮތް ރަންފަށްޓަރުބައި ދިނުމަށް ޝަރުޠުކޮށް ކޯޓަށްގޮސް ދެމަފިރިން ވަރިވެއްޖެއެވެ. މަތީގައިވާ ޙާދިޘާ ކިޔުމަށްފަހު އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
ހ-ޢަލީ އެކުރި ވަރިއަކީ ކޮންބާވަތެއްގެ ވަރިއެއްކަން ސަބަބާއިއެކު ލިޔޭ!
ށ- ޢަލީއެކުރިވަރީގެ ޙުކުމަކީ ކޮބާ؟
ނ- ޢިއްދައިގެ ތެރޭގައި ކައިވެނި ރުޖޫޢަ ކުރެވޭނެކަން ނުވަތަ ނޫންކަން ސަބަބާއިއެކު ލިޔޭ!

ކައިވެނި

ފިލާވަޅުގައި ނަގައިދެވުނު (ކައިވެނީގެ ބައިތައް) ދަރިވަރުންނަށް އެނގިފައިވާ މިންވަރު ބެލުމުގެ ގޮތުން ދަރިވަރުން ލައްވާ ކުރެވިދާނެ މަސައްކަތްތަކެއް

އަންނަނިވި ސުވާލު އަންނަނިވި 5 މައްސަލައިގެ ޙުކުމް ސަބަބާއެކު ލިޔޭ!
1-      ހ- މުޙައްމަދު އޭނާގެ ޢުމުރުން 2 އަހަރާއި 6 މަސް ވެފައިވަނިކޮށް ޙައްވާފުޅު ކިޔާ އަންހެނަކު އޭނާއަށް ކިރު ދީފިއެވެ. މީނާ ބޮޑުވެގެން ކައިވެނި ކުރީ އެޙައްވާފުޅުގެ އަންހެން ކޮއްކޮއާއެވެ
ށ- ޙުސައިނު، ފާޠިމަތު ކިޔާ އަންހެނަކާ ކައިވެނިކޮށްގެން ހުރެ ފާޠިމަތުގެ މަންމަގެ އަންހެން ކޮއްކޮއާ ކައިވެނި ކޮށްފިއެވެ
ނ- އަޙްމަދުގެ ޢުމުރުން ދޮޅު އަހަރުގައި އާމިނާފުޅު ކިޔާ އަންހެނަކު އޭނާއަށް ކިރު ދީފިއެވެ. އަޙްމަދު ބޮޑުވެގެން ކައިވެނި ކުރީ އާމިނާފުޅުގެ ބޭބެގެ އަންހެން ދަރިފުޅާއެވެ
)ރ- އިބްރާހިމް، ޢާއިޝާ ކިޔާ އަންހެނަކާ ކައިވެނިކޮށް ޖިމާޢުނުވެ ޢާއިޝާ ވަރިކޮށް ޢާއިޝާގެ މަންމައާ ކައިވެނިކޮށްފިއެވ
ބ- ޢަބްދުالله އިންޑިޔާއަށްގޮސް ހިންދީ އަންހެނަކާ ކައިވެނިކޮށްފިއެވެ

Monday, August 5, 2019

ކުއިޒް ސާމްޕަލް


ކުއިޒް ކުރިޔަށް ގެންދެވުމަށް ތިރީގައިވާ ލިންކުތަކަކަށް ފިއްތަވާ ލައްވާ!




އިއްދަ













ދީނީ ދަރުސް - މަންމަ


މަންމަގެ މަތިވެރިކަން ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި ބޭނުންކުރެވިދާނެ މުހިންމު ވީޑިއޯއެއް.

އޯޑިއޯ1

ސާމްޕަލް